ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު މިރޭ ބައްދަލުކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ މިރޭގެ ވަގުތެއްގައި ޝާހިދުގެ ގެކޮޅުގަ އެވެ.
ޝާހިދު އާއި ނަޝީދު ބައްދަލުކުރައްވާފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދު ގުޅިގެން މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދައިގެން ހަރަކާތްތެރިވި ބޭފުޅެކެވެ. ނަމަވެސް ފަހުން ވަނީ އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޝާހިދު ވަނީ މީގެކުރިން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ތ. އަތޮޅާއި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން ރައީސް ނަޝީދާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖަޖެހިފަ އެވެ.
މެލޭޝިއާއިން 375 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން ކައުންސިލުން ދެކޮޅު
