ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންއާއި އޭނާގެ ދެ ދަރިން ކަމަށްވާ ރެހާން ރޯޝަން އަދި ރިދާން ރޯޝަންގެ ނެށުމަށް ގިނަ ބައެއްގެ ލޯތައް އަމާޒުވެއްޖެ އެވެ.
މީގެ ދެ ދުވަހެއް ކުރިން މުމްބާއީގައި ބޭއްވި ރިތިކްގެ ދެބެންގެ ދެ ދަރި ކޮއްކޮ އިޝާން ރޯޝަންގެ ކައިވެނީގައި ރިތިކް ވަނީ އޭނާގެ ދެ ދަރިންނާއެކު ނެށުމުގެ ހުށައެޅުމެއް ހުށައަޅައިދީފަ އެވެ.
އެ ހުށައެޅުމުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ތިން ބަފައިންގެ ހުށައެޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
އެގޮތުން ރިހާންއާއި ރިދާންއަށް ވެސް އެ ދެބެއިންގެ ބައްޕަގެ ފަރާތުން ނެށުމުގެ ހުނަރު ވާރުތަ ވެފައިވާކަން އެ ވީޑިއޯތަކަށް ކޮމެންޓްކުރި ގިނަ މީހުން ފާހަގަ ކުރި އެވެ.
"ބައްޕަގެ ފަރާތުން ވާރުތަ ވެފައި އެވަނީ ހަމަ އެންމެ ރަނގަޅު ކަންތައް. ފިލްމަކުން ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަން" އެއިން ވީޑިއޯއަކަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.
ރިތިކްގެ ތިން ބަފައިންގެ އިތުރުން ވެސް އެމީހުންނާއެކު އިޝާންގެ ކައިވެންޏަށް ރިތިކްގެ ލޯބިވެރިޔާ ސަބާ އާޒާދް ވެސް ގޮސްފައިވެ އެވެ.
ފުލުހުންގެ އިދާރާ ހިންގުން ފަރުހާދުއާ ހަވާލުކޮށްފި
ސުވާލާއި ޖަވާބު: ނިދާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟
"އިޖުތިމާއީ އަދާލަތަކީ ހަމަހަމަ މުޖުތަމައަކަށް މަގުދައްކާ އަސާސް"