ހޮލީވުޑްގެ މަޝްހޫރު ތަރި ޒެންޑާޔާ އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ބުނެ ފެތުރޭ ވާހަކަތަކުގެ އަޑު އަނެއްކާ ވެސް ގަދަވެއްޖެ އެވެ.
އެ އަޑުތައް މިފަހަރު ގަދަވެފައި މިވަނީ އޭނާގެ ބައިވެރިޔާ ޓޮމް ހޮލޭންޑްއާއި ޓޮމްގެ އާއިލާއާއެކު އިވެންޓަކަށް ގޮސް އުޅެނިކޮށް ފެނިފައިވާ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ޓޮމްގެ މައިންބަފައިންނާއެކު ޒެންޑާޔާ ވަގުތު ހޭދަކުރަނީ އެ ދެމީހުންގެ ގުޅުން ސީރިއަސްވެ އެހެން ހަރުފަތަކަށް ގެންދަން ތައްޔާރު ވެފައިވާތީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ޓޮމްގެ ކޮއްކޮ ސޭމް ހޮލޭންޑް ވަނީ އެމީހުން އެކުގައި ހޭދަކުރި ވަގުތުތަކުގެ ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ ރެއަކީ އުފާވެރި ރެއެއް ކަމަށް ބުނެފަ އެވެ.
މިއީ ޒެންޑާޔާ ބަނޑުބޮޑު ކަމަށް އަޑުތައް ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު ވެސް އެކަހަލަ އަޑުތަކެއް ފެތުރުނުއިރު ޒެންޑާޔާ ވަނީ އޭރު އެކަން ދޮގުކޮށްފަ އެވެ.
2021 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޒެންޑާޔާއާއި ޓޮމްގެ ޖޯޑަކީ ހޮލީވުޑް ސަޕޯޓަރުންގެ މެދުގައި މަގުބޫލު ޖޯޑެކެވެ.
ރިތިކްއާއި އޭނާގެ ދެ ދަރިންގެ ހުށައެޅުމަށް ބޮޑު ސަމާލުކަމެއް!
"އެވެޓާ"ގެ އާ ފިލްމަށް ލިބުނީ ފިނި ތަރުހީބެއް!
އެސްއެމްއީ ޑިޖިޓަލްއިން"ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި