ކާޑޭޝަން އާއިލާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމެރިކާގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ އާއިލާތަކުގެ ތެރެއިން އާއިލާ އެކެވެ.
އެ އާއިލާގެ ޖުމްލަ މިލްކިއްޔާތު ބިލިއަނުން މައްޗަށް އަރާއިރު ވަކި ވަކި މެމްބަރުންގެ މިލްކިއްޔާތުގައި ވެސް އެތައް މިލިއަން ޑޮލަރެއް ހުރެ އެވެ. އެގޮތުން އެ އާއިލާގެ ބައެއް މެމްބަރުންގެ މިލްކިއްޔާތަށް ބަލާލާނަމެވެ.
ކިމް ކާޑޭޝަން
ކާޑޭޝަން އާއިލާގައި ހިމެނޭ ހަމައެކަނި ބިލިއަނަރަކީ ކިމް ކާޑޭޝަން އެވެ. ފޯބްސް މަޖައްލާއިން ކިމްއަކީ ބިލިއަނަރެއްގެ ގޮތުގައި 2022 ވަނަ އަހަރު އިއުލާން ކުރިއިރު އޭނާގެ މިލްކިއްޔާތުގައި މިވަގުތު 1.7 ބިލިއން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
ކައިލީ ޖެނާ
2021 ވަނަ އަހަރު ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު "ސެލްފް މޭޑް" ބިލިއަނަރުގެ ގޮތުގައި ފޯބްސްއިން އިއުލާނު ކުރި ނަމަވެސް އޭގެ މަސްތަކެއް ފަހުން އޭނާއަށް ވަނީ އެ ޝަރަފު ގެއްލިފަ އެވެ. މިހާރު ކައިލީގެ މިލްކިއްޔާތަކީ 700 މިލިއަން ޑޮލަރެެވެ.
ކްރިސް ޖެނާ
ކްރިސް ޖެނާ މި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ އޭނާގެ ދަރިންގެ މިލްކިއްޔާތުން އޭނާއަށް ލިބޭ ހިއްސާއާއެކުގަ އެވެ. އެގޮތުން 2018 ވަނަ އަހަރު ކައިލީ ކްރިސްއަށް 17 މިލިއަން ޑޮލަރު ދިނެވެ. ކްރިސްގެ މިހާރުގެ މިލްކިއްޔާތަކީ 170 މިލިއަން ޑޮލަރެވެ.
ކޯޓްނީ ކާޑޭޝަން
ކޯޓްނީގެ 65 މިލިއަން އެމެރިކާ ޑޮލަރުގެ މިލްކިއްޔާތުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އޭނާގެ އަމިއްލަ ލައިފްސްޓައިލް ބްރޭންޑް ޕޫޝްއާއި އޭނާގެ އެންޑޯޒްމަންޓުތަކެވެ.
މާބަނޑު ދުވަސްވަރު ހެދުން އެޅުން ގެންގުޅެންވީ މިހެން!
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖާއު އާއި ރައޫފު ކުރިމަތިލައްވައިފި
ޕީކް ސީޒަނުގައި މާފަރު އެއާޕޯޓަށް 800 ޖެޓު ޖައްސާނެ