ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތަކުގެ މަސައްކަތް މުޅިން ހުއްޓިފައި ވިޔަސް، ހުޅުމާލޭގައި ހަތަރު މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު ވެސް ބޮޑުބައެއް ނިމިފައިވާ މިސްކިތެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ވަނީ ހުޅުވާފަ އެވެ. އެ މިސްކިތަކީ ގަދަގޭ ސަލީމު އާއި އޭނާގެ އަނބިކަނބަލުން ހަފީޒާ އަހްމަދުގެ ދީލަތި އެހީގައި ބިނާކުރި މިސްކިތެކެވެ.
އެ މިސްކިތް ހުޅުވުމަށްފަހު އެކްސްގައި ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އޭނާ އިއުލާންކުރި 15 މިސްކިތުގެ ތެރެއިން ފަސް ވަނަ މިސްކިތާއި ހަ ވަނަ މިސްކިތް މިއަދު ހުޅުވިފައިވާ ކަމަށެވެ. މިއަދު ހުޅުވި ދެވަނަ މިސްކިތަކީ އައްޑޫ މަރަދޫގައި މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި މިސްކިތެވެ.
ޝަހީމް ވިދާޅުވީ ކުރިއަށްއޮތް ހަ މަސް ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި ހަތަރު މިސްކިތް ހުޅުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތް ހުއްޓިފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭގެތެރޭގައި އެސްޖޭ ކުންފުނިން އިމާރާތްކުރަމުންދާ މިސްކިތާއި ފެޑޯ ކުންފުނިން އިމާރާތްކުރަމުންދާ މިސްކިތާއި ބެޗް ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތްކުރަމުންދާ މިސްކިތާއި ސަން ފްރޮންޓުން އިމާރާތްކުރަމުންދާ މިސްކިތް ހިމެނެ އެވެ. މިއިން އެއްވެސް މިސްކިތެއްގެ މަސައްކަތް ކުރިއަކަށްނުދެ އެވެ.
މީގެތެރެއިން އެސްޖޭ އިން އިމާރާތްކުރަން ފެށި މިސްކިތް ފިޔަވައި އެހެން މިސްކިތްތަކަކީ ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީގައި އިމާރާތްކުރަމުން އަންނަ މިސްކިތްތަކެކެވެ.
ދައުލަތުން އެދިގެން ޝަމްއާން ބަންދުން ދޫކޮށްލައިފި
ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލުކުރާނީ 3 އަހަރު ކިޔެވުމުން
