ވ. އަތޮޅުގެ ރިސޯޓެއްގައި ކުއްޖަކު ވިހެއިފަހުން މަރުވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި 27 އަހަރުގެ އަންހެނަކު ބަލިވެ އިނދެ ބައިގެން ގޮސް ކުއްޖާ މަރުވި މައްސަލައެއް މިއަދު ހެނދުނު 10:00 ގައި ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
އެނގިފައިވާގޮތުގައި އެ ކުއްޖާ މަރުވެފައި އޮތްކަން އެނގުނީ ކުނިވަސް ދުވާތީ ޑަސްބިން ބެލިބެލުމުންނެވެ.
ރިތިކްއާއި އޭނާގެ ދެ ދަރިންގެ ހުށައެޅުމަށް ބޮޑު ސަމާލުކަމެއް!
ކާޑޭޝަން އާއިލާގެ އެންމެ މުއްސަނދި މެމްބަރަކީ ކާކު؟
ހުއްދަ ނެތި ސީޕްލޭން ޕްލެޓްފޯމް އެޅުމުން މަންތާ ޖޫރިމަނާކޮށްފި
