ގައުމިއްޔަތުގެ ދާއިރާއިން މާސްޓާސްއަށް ކިޔަވައިދޭން އަންނަ އަހަރު ފަށާނެ ކަމަށް ދިވެހިބަހާ، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީ ރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ގައުމިއްޔަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ދާއިރާގެ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާސްޓާސްގެ 50 ސްކޯލާޝިޕެއް ދެއްވާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިނިސްޓްރީން މިހާރު ކުރާ މައިގަނޑު އެއް މަސައްކަތަކީ ގައުމިއްޔަތުގެ ވިސްނުން އާންމުކޮށް، ދިވެހި ގައުމިއްޔަތަކީ އިހުސާސެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިލްމީ އަދި ފިކުރީ މަފްހޫމުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.
ގައުމިއްޔަތުގެ އިލްމީ މަފްހޫމުތައް 3،000އަށް ވުރެ ގިނަ ފަރާތްތަކަށް މިހާރު ވަނީ ފޯރުކޮށްދެވިފައި ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ.
ގައުމިއްޔަތު ކުރިއެރުވުމަކީ މި ސަރުކާރުގެ މައި ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ. އެގޮތުން "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި އޮފީހެއް މި ސަރުކާރުން ހުޅުވައި، ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.
ފަހުން ކުރަން ކަންކަން ފަސް ކުރުމަކީ ބައްޔެއް!
ޕްރައިމަރީން ނަން ނަގަން ފަލާހު، އައިމަންއަށް އަންގައިފި
"ގުޑް މޯނިންގް" ބުނެލާނީ ޚާއްސަ މީހުން