ނަފުސާނީ ބަލިތަކަށް ޅެމުން ފަރުވާ ދިނުމާއި ގުޅޭ ގޮތުން އަދިވެސް ދިރާސާ ކުރުން ކުރިއަށް ދާކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޅެމުން ފަރުވާ ދިނުމާއި ގުޅޭ ދިރާސާތައް އަދިވެސް ކުރަމުން ދާކަމަށެވެ.
އެގޮތުން މިހާތަނަށް ނިމިފައިވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) ހައްދަވާފައިވާ ދިރާސާކަމަށާއި އެއީ ވަރަށް ބޮޑު ދިރާސާއެއް ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ބައެއް އަމިއްލަ ފަރާތްތަކުންވެސް މިކަމާއި ގުޅޭ ދިރާސާތައް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ. މިއަރު ކުރީކޮޅު މިކަމާއި ގުޅިގެން ފުލުހުންނާއި މިނިސްޓްރީންވެސް ވަނީ މަޝްވަރާތަކެއް ކޮށްފައި ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ މިނިސްޓަރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިދިޔަ އަހަރު ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް ޖައްސައިފި
ސަލްމާންގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފި
އަނުޝްކާއާއި ދީޕިކާގެ ކޯޅުން ފެށުނީ ކީއްވެ؟