މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ބޮޑަށް ވައްކަން ކޮށްދޭ މަރުކަޒަށް ވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ވައްކަންތައް ކޮށްދެމުންދާ ކަމަށެވެ.
އެ ވައްކަންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ފުށިދިއްގަރުފަޅު ހިއްކުމުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންކުރާ ކޮންމެ ކޮޑި މީޓަރަކަށް އެމެރިކާގެ ދެ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގަމުންދާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުނުކޮށް، އެމްއޭސީއެލްއިން އަލަށް އުފެއްދި ކުންފުންޏަކާ ހަވާލުކުރީ ރާއްޖޭގެ ކުންފުންޏަކުން އެ މަސައްކަތް ކުރާނަމަ މިފަދަ ވައްކަންތައް ކުރަން ދަތިވާނެތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އެތަނުގައި ސީއީއޯއަކަށް އެހުރި ޝަރީފު އާއި އޭނާގެ އަޚަހަށް އެހުރި ޒަމީރު، ފިނޭންސް މިނިސްޓަރު މި ދެ މީހުން މިހުރިހާ ވައްކަންތަކެއް ކޮންދެނީ މިހާރު މުއިއްޒުއަށް."
ދިރާގު ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަވަނީ
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި

ވަޜަށް ބޮޑު ތެދުފުޅެއް