ލައްކައިން ފިލްމުތަކަށް އަގު ކީ ދުވަސްތައް ފާއިތުވެ ގޮސް މިއަދުގެ ފަންނާނުންގެ އަގު މިވަނީ އެއަށްވުރެ ވެސް މަތިވެ މިލިއަނަށް އަރާފަ އެވެ.
އެގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރަށް 2025 ވަނަ އަހަރު ހަމަ އެންމެ ފިލްމަކުން 150 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެއީ ވެސް އޭނާގެ އުމުރުން 63 އަހަރުގަ އެވެ.
10 އަަހަރަށްފަހު މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ވަނީ މިދިޔަ އަހަރު އެންމެ އަގުބޮޑު އެކްޓަރުގެ ޝަރަފު ހޯދާފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އޭނާގެ އަގު އުޅުނީ 130 - 150 މިލިއަނާ ދެމެދުގެ އަގެއްގަ އެވެ.
މިދިޔަ އަހަރު ނުކުތް ޓޮމް ކްރޫޒުގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "މިޝަން އިމްޕޮސިބަލް"އަށް ވެސް އެވަރުގެ އަގެއް ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއާއެކު ޓޮމް ކްރޫޒް ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުންގެ ގޮތުގައި ބެލެވޭ ޑްވޭން ޖޯންސަން (ދަ ރޮކް)އާއި ޝާހްރުކް ޚާން ފަހަތަށް ޖައްސާލާފަ އެވެ.
ޓޮމްގެ އިތުރުން ހޮލީވުޑްގައި ބޮޑު އާމްދަނީއެއް ލިބުނު އެހެން ތަރިންގެ ތެރޭގައި ބްރެޑް ޕިޓްއާއި ލިއޮނާޑޯ ޑިކެޕްރިއޯ ފަދަ ތަރިން ހިމެނެ އެވެ.
ވެމްކޯއިން ވިޔަފާރިތަކުން ނަގާ ފީ ކުޑަކުރަނީ
ކެޓްރީނާގެ ޒުވާންކަމުގެ ސިއްރަކީ މިއީ!
ހުއްދަ ނެތި ހިންގާ އޮންލައިން ކޯސްތަކުގެ ސަނަދު ގަބޫލު ނުކުރާނަން