ގާތްގަނޑަށް ވިއްސަކަށް އަހަރަށްފަހު ހޮލީވުޑްގެ ކާމިޔާބު ފިލްމު "އޯޝަންސް އިލަވަން"ގެ އޮރިޖިނަލް ކާސްޓުންނާއެކު އެ ފިލްމުގެ އާ ބައެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.
2001 ވަނަ އަހަރު ރިލީޒް ކުރެވުނު އެ ފިލްމުގެ އެއް ލީޑު އެކްޓަރު ކަމަށްވާ ޖޯޖް ކްލޫނީ ވަނީ އެކަން މީޑިއާތަކަށް ޔަގީން ކޮށްދީފަ އެވެ.
ކްލޫނީ ބުނެފައިވަނީ ދުވެ ހަދަން އެމީހުންގެ އުމުރުން މާ ދުވަސް ވެއްޖެ ކަމަށާއި އެހެން ނަމަވެސް އަދިވެސް ހެއިސްޓްއެއް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި "އޯޝަންސް އިލަވަން"ގެ ސީކުއަލްގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އަމަލީ މަސައްކަތް ފެށޭނީ މި އަހަރުގެ ތެރޭގަ އެވެ.
"އޯޝަންސް އިލަވަން"އަކީ ޕްރޮފެޝަނަލް ވަގުންތަކެއް ލޮސް އެންޖެލަސްގެ ކެސީނޯއަކުން ވައްކަން ކުރަން ކުރާ މަސައްކަތް ދައްކުވައިދޭ ހެއްވާ މަޖާ ފިލްމެކެވެ.
އެ ފިލްމުގައި ކްލޫނީގެ އިތުރުން ވެސް އެންޑީ ގާސިއާ، ބްރެޑް ޕިޓް، ޖޫލިއާ ރޮބާޓްސް، ކެސީ އެފްލެކް، މެޓް ޑެމޮން އަދި ސްކޮޓް ކޭން ފެނިގެންދިޔަ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކޮށްފި
މި އަހަރު އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނެ: ރައީސް
ހަގު އުމުރުގައި ކައިވެނި ނުކުރަން މަލައިކާ އިލްތިމާސް ކޮށްފި