އެމްޑީޕީ ސަރުކާރުން ބ.ތުޅާދޫގައި އިމާރާތްކޮށް ނިންމި 100 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ބާތިލްކޮށް އަލުން ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލުމުން މައްސަލަ ހޫނުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ގެޒެޓްކުރި ދާއިމީ ލިސްޓަށް ހައުސިން ޔުނިޓް ދޫކުރުން ހުއްޓުވީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެ މަސައްކަތް ހުއްޓުވުމަށް އަމުރެއް ނެރެގެނެވެ. އޭގެ ފަހުން މިދިޔަ ބުދަ ދުވަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އައު އުސޫލެއްގެ ދަށުން އަލުން ޔުނިޓުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަކީ ޤާނޫނީ އިމުން ބޭރުން ކުރާކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ މި އަމަލަކީ ތުޅާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްޤަށް ހުރަސްއަޅައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޣައިރު ޤާނޫނީ ސިޔާސީ ޢަމަލެއްކަމަށެވެ. ޝާހިދު ވަނީ ސަރުކާރު ގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފަ އެވެ.
ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހައުސިން މިނިސްޓްރީ އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫ ގައި ގާއިމުކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައި، 2022 ވަނަ އަހަރު ވަނީ އިއުލާން ތަކެއް ކުރެވިފާ ކަމަށެވެ. މި އިއުލާންތަކުގައި ވާ ކަންކާމެދު ބ. ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެމަސައްކަތް މުރާޖައާކުރަން އަންގާފައިވާ ކަމަށެވެ.
ނަމަވެސް ބ. ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވުމުން، މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ މިނިސްޓްރީން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަލުން ހައުސިން ޔުނިޓްތަކަށް މިނިސްޓްރީ އިން ހުޅުވާލި އިރު، މިނިސްޓްރީގެ އައު އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އެތައް ބަޔަކު މި ބޯހިޔާވަހިކަމުން މަހުރޫމްވާ ކަމަށާއި، މާ ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ކޯޓަށް ދާނެ ކަމަށް ތުޅާދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ފަތުވާއާ ހިލާފަށް ރައީސް މުއިއްޒުގެ ސޫރަ ޑްރޯން ޝޯގައި ދައްކައިފި
ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދެނީ
މި އަހަރު އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލުކުރާނެ: ރައީސް