2025 ވަނަ އަހަރު ނިމި 2026 ވަނަ އަހަރާ އަހަރުމެން ކުރިމަތިލާފައިވާއިރު ބައިނަލްއަގްވާމީ މުނިފޫހި ފިލުވުމުގެ ދާއިރާގައި މި ފެށުނު އަހަރަކީ ވެސް ފާހަގަ ކޮށްލެވޭ އަހަރަކަށް ވެގެންދާނެ އެވެ.

އެގޮތުން މި އަހަރު ވެސް ހޮލީވުޑްގައި ފާހަގަ ކޮށްލެވޭ ފިލްމުތަކެއް ރިލީޒް ކުރަން ހުރިއިރު އެ ފިލްމުތަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކަށް ބަލާލާނަމެވެ.

1. އޮޑިސީ

youtube.com/watch?time_continue=1&v=Mzw2ttJD2qQ&embeds_referring_euri=https%3A%2F%2Fwww.hindustantimes.com%2F&source_ve_path=Mjg2NjY

ޖުލައިގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ގަދީމީ ގްރީސްގެ ތާރީހު ދައްކުވައިދޭ މި ފިލްމަކީ އައިމެކްސް ކެމެރާތައް ބޭނުން ކޮށްގެން މުޅި ފިލްމު ޝޫޓް ކޮށްފައިވާ ފުރަތަމަ ފިލްމެކެވެ. މެޓް ޑިމޮން، ޓޮމް ހޮލޭންޑް، ޒެންޑާޔާ އަދި އޭން ހެތަވޭ ފެނިގެންދާ އޮޑިސީ ޑައިރެކްޓް ކޮށްދީފައިވަނީ ކްރިސްޓޮފާ ނޯލާން އެވެ.

2. އެވެންޖާސް ޑޫމްސްޑޭ

youtube.com/watch?time_continue=1&v=1clWprLC5Ak&embeds_referring_euri=https%3A%2F%2Fwww.hindustantimes.com%2F&source_ve_path=Mjg2NjY

މި ފަހަކަށް އައިސް މާވެލް ސިނެމެޓިކް ޔުނިވާސްގެ ފިލްމުތަކަށް ޑިޒްނީއިން އުއްމީދު ކުރާ ވަރުގެ ތަރުހީބެއް ނުލިބޭ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެންމެ ފަހުން ނެރުނު އެ ފްރެންޗައިޒްގެ ފިލްމުތަކަށް ބޮކްސްއޮފީހުގައި މާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާއިރު ޑިޒްނީގެ އެންމެ ފަހުގެ އުއްމީދަކަށް އޮތީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ އެވެންޖާސް ޑޫމްސްޑޭ އެވެ.

3. ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ

https://www.youtube.com/watch?v=QOdF1zK4ZkY&t=1s

ސްޕައިޑަމޭންގެ ގޮތުގައި ފެނުނު ޕީޓާ ޕާކާ ގެއްލިފައިވާއިރު އެ ކެރެކްޓަރުގެ އާ މޫނެއްގެ ގޮތުގައި ޓޮމް ހޮލެންޑް ފެންނަ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު އެ ކެރެކްޓަރަށް އޭނާ އިންސާފު ކޮށްދިން ގޮތް ޖުލައި މަހުގެ 31 ވަނަ ދުވަހު އެނގޭނެ އެވެ.

4. ދަ ޑެވިލް ވެއާސް ޕްރާޑާ

https://www.youtube.com/watch?v=9c-DrMe8o5Q

އެކްޝަން ފިލްމުތަކާއި ސައި ފައި ފިލްމުތައް ގިނަ އަހަރެއްގައި "ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަކީ ތަފާތު ރަހައަކަށް ވެގެންދާނެ އެވެ. 20 އަހަރަށްފަހު މެރީލް ސްޓީޕް އެނބުރި އަންނައިރު އޭން ހެތަވޭއާއި ސްޓޭންލީ ޓުސީ ވެސް އެ ފިލްމުން ފެންނާނެ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.