ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 'ދަ މައުމޫން ފައުންޑޭޝަން'ގެ ސީއީއޯ ކަމުގެ މަގާމަށް، އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން, އައްޔަނުކުރައްވައިފި އެވެ.
2010 ވަނަ އަހަރު ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި މި އަމިއްލަ ޖަމިއްޔާގެ ސީއީއޯކަމުގެ މަގާމަށް އަބްދުالله ކަމާލުއްދީން އައްޔަނުކުރައްވާފައިވާކަން އިއުލާނުކުރައްވައިފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
މި ޕޯސްޓުގައި މައުމޫން ވިދާޅުވީ، އަބްދުالله ކަމާލުއްދީންގެ ތަޖުރިބާގެ ސަބަބުން މައުމޫން ފައުންޑޭޝަންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ލިބިވަޑައިގެން ހުންނެވި ތަޖުރިބާ ބޭނުންކޮށްގެން, އެ ޖަމިއްޔާ ހިންގެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަބްދުالله ކަމާލުއްދީން ވެސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދުގައި ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަަމަށް އެ ފައުންޑޭޝަނުން ބުނެފައި ވެއެވެ.
އަނގަ މަޖަލަކަށް ވެސް އާމަންޑްސް ވަރެއް ނެތް!
ސްކޫލްތަކުގައި ދެ ޖިންސް ކުދިން މައްސުނި ނުކުރަން އެދިއްޖެ