ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ އެންމެ ފަހު ފިލްމު ކަމަށްވާ "އެވެޓާ: ފަޔާ އެންޑް އޭޝް" ވެސް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނިއްޖެ އެވެ.
މި ފިލްމަށް ގްލޯބަލް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު މިއީ މިވަރުގެ އާމްދަނީއެއް ލިބުނު އެވެޓާގެ ތިންވަނަ ފިލްމެވެ.
ހަބަރުތައް ބުނާ ގޮތުގައި "އެވެޓާ: ފަޔާ އެންޑް އޭޝް"އަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ މައިގަނޑު ގޮތެއްގައި އެމެރިކާ ނޫން އެހެން ގައުމުތަކުން އެ ފިލްމަށް ލިބުނު ތަރުހީބުންނެވެ.
އެވެޓާގެ ތިން ފިލްމެއް މިހާތަނަށް ރިލީޒް ކޮށްފައިވާއިރު އެ ތިން ފިލްމަށް ޖުމްލަކޮށް 6.35 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިއާއެކު އެވެޓާގެ ޑައިރެކްޓަރު ޖޭމްސް ކެމަރޫން ވެފައިވަނީ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހަތަރު ފިލްމެއް ޑައިރެކްޓްކުރި ފުރަތަމަ ޑައިރެކްޓަރަށެވެ. އެވެޓާގެ ތިން ފިލްމުގެ އިތުރުން 1997 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު "ޓައިޓޭނިކް"އަށް ވެސް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.
"އެވެޓާ: ފަޔާ އެންޑް އޭޝް"އަކީ މީގެ ކުރިން ރިލީޒްކުރި އެ ފްރެންޗައިޒްގެ ފިލްމު "އެވެޓާ: ދަ ވޭ އޮފް ވޯޓާ"ގެ ވާހަކައާ ގުޅުވައިގެން ގެނެސްދީފައިވާ ފިލްމެކެވެ.
ޚިޔާލު ތަފާތުވެއްޖެ ނަމަ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ނުވާނެ
އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި
އަހަރުގެ ފުރަތަމަ ބޮޑު އެވޯޑް ހަފްލާ އާދީއްތަ ދުވަހު!