ފަލަސްތީނުގެ ތާރީހުގެ ބައެއް ސަފްހާތައް ދައްކުވައިދޭ ތާރީހީ ފިލްމު "ފަލަސްތީން 36"އަށް އެކި ގޮތްގޮތުން ގިނަ ކާމިޔާބީތަކެއް ލިބެމުން އެބަދެ އެވެ.

ދާދި ފަހުން އޮތް ރެޑް ސީ ފިލްމު ފެސްޓިވަލްގައި އެ ފިލްމު ދައްކާފައިވާއިރު މި ހިނގާ ޖެނުއަރީ މަހު ސައޫދީ އަރަބިއާގައި ވެސް އެ ފިލްމު ދައްކަން ވަނީ ހަމަޖެހިފަ އެވެ.

އެއާއެކު ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ފިލްމުގެ އެވޯޑު އެ ފިލްމަށް ލިބުނުއިރު ކުރިއަށް އޮތް އޮސްކާ އެވޯޑަށް ވެސް ފަލަސްތީނުން ހުށައަޅަނީ ހަމަ އެ ފިލްމެވެ.

https://www.youtube.com/watch?v=wWtwnae_5UI&embeds_referring_euri=https%3A%2F%2Fwww.arabnews.com%2F&source_ve_path=Mjg2NjY

އޭންމެރީ ޖާކިރުގެ އެ ފިލްމަކީ ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރާއި ކެރުންތެރިކަން ދައްކުވައިދޭ ފިލްމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

އެގޮތުން އިނގިރޭސިންގެ އަޅުވެތިކަމުގެ ދުވަސްވަރު އަރަބިންގެ އިންގިލާބު ގެންނަން ކުރާ މަސައްކަތް ފަސް ގޮތަކަށް އެ ފިލްމުން ފެނިގެންދާނެ އެވެ.

މީގެ ކުރިން ނެރެފައިވާ އޭންމޭރީގެ ފިލްމުތައް ކަމަށްވާ "ސޯލްޓް އޮފް ދިސް ސީ"، "ވެން އައި ސޯ ޔޫ" އަދި "ވާޖިބު"ފަދަ ފިލްމުތަކަށް ވެސް ބޮޑު ކާމިޔާބީއެއް ލިބުނެވެ.