19 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުމަށްފަހު އެކްޓަރު ނިކޯލް ކިޑްމަންއާއި ލަވަކިޔުންތެރިޔާ ކެއިތު އާބަން އެންމެ ފަހުން ވަރިވެއްޖެ އެވެ.
ކެލިފޯނިއާގެ ނެޝްވިލް ކޯޓުން އެ ދެމީހުންގެ ވަރި ފައިނަލް ކޮށްދީފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މީހުން ވަރިވެފައި މިވަނީ ވަކިވިކަން އިއުލާން ކުރިތާ ތިން މަސް ފަހުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި ނިކޯލްއާއި ކެއިތުގެ ވަރީގެ މައްސަލާގައި ދެ ފަރާތުން ވެސް ވަނީ އެކަކު އަނެކަކަށް ދޭންޖެހޭ ފައިސާ މައާފު ކޮށްދީފަ އެވެ.
އެގޮތުން އެލިމޮނީގެ ގޮތުގައާއި ޗައިލްޑް ސަޕޯޓްގެ ގޮތުގައި ވެސް ފައިސާ ބަލައި ނުގަތުމަށް ނިކޯލްއާއި ކެއިތު ވެސް ވަނީ އެއްބަސްވެފަ އެވެ.
އެހެން ނަމަވެސް އެ ކައިވެންޏަށް ލިބުނު ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އެއްބާރުލުން ދިނުމަށް ކޯޓުން އެ ދެމީހުންނަށް އަންގާފައިވެ އެވެ.
2006 ވަނަ އަހަރު ކައިވެނިކުރި ކެއިތުއާއި ނިކޯލްގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ 17 އަހަރުގެ ސަންޑޭއާއި 15 އަހަރުގެ ފެއިތު އެވެ.
ހާއްސަ ބޭނުންތަކަށް ނަގާ ޗުއްޓީއަށް އެދި ސީދާ ކޮމިޝަނަށް ހުށަހެޅޭ
ކައުންސިލް އިންތިޚާބުގައި 621 ވޯޓު ފޮށި
ޓިކްޓޮކުން ވިދާލި އަލީ އަމްޖަދު ނިޔާވެއްޖެ