އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ފަސް އަހަރުގެ ދައުރު އަންނަ މަހަށް ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ފެބްރުއަރީ 2021ގަ އެވެ.
މިއަދުން ފެށިގެން މި މަހު 21ވާ ބުދަ ދުވަހުގެ މެންދުރު 12 އަށް އެ މަގާމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ރައީސް އޮފީހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެ އޮފީހުން ބުނީ، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12އަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
އެ ކޮމިޝަނުގެ މެންބަރެއްގެ ޝަރުތުތަކަކީ 25 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށްވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ވޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނުވުމާއި އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ހިމެނެ އެވެ.
މީގެއިތުރުނ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމާއި 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހެއް ނަމަ، އެ އަދަބެއް ތަންފީޒު ނުވަތަ މައާފް ކުރިތާ ފަސް އަހަރުވެފައިވާންވާނެ އެވެ.
ޑރ. ޒާހިރުގެ އިތުރުން ދެން އެ ކޮމިޝަންގައި ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދާއި ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލެވެ.
ކައުންސިލް އިންތިހާބުގައި 294،937 މީހުންނަށް ވޯޓު ލެވޭ
ކައިވެނި ކުރާނީ ކޮން އިރަކުންތޯ އެހުމުން ޝްރައްދާ ބުނީ ކީކޭ؟
ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ "ރެޑް އެލާޓް" އަށް
