ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން އަހްމަދު ޝަމާހު ރަޝީދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
މިފްކޯއިން އޭނާ ވަކިކުރީ މަގާމުގައި އަމަލު ކުރެއްވިި ގޮތްތަކާ މެދު ބޮޑެތި ތުހުމަތެއްކޮށް، ކުރުމަށްފަހު އެއްމަސް ދުވަހު ސަސްޕެންޝަނެއްގައި ބެހެއްޓުމަށްފަހު އެވެ.
މިފްކޯއިން ވަކިކުރުމަށްފަހު އޭނާ އައްޔަންކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
މި ސަރުކާރުގައި ސްޓެލްކޯގެ ފުރަތަމަ އެމްޑީއަކީ ހުސައިން ފަހުމީއެވެ. އޭނާ ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މަގާމަކަށް އައްޔަންުރައްވާފަ އެވެ.
ވޭޕް ކުރުމަކީ ވަކި ރަނގަޅު ކަމެއް ނޫން!
މަރު ހަނދާން ކުރުމަކީ އުފާވެރި ދިރިއުޅުމެއްގެ ސިއްރު
ޗެނަލް13 ސާވާތައް ހެކްކޮށްފި
