ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމައެސްތެޓިކް ޚިދުމަތްތަކުގެ ތެރެއިން، އާ ފަރުވާއެއްގެ ގޮތުގައި ޕްލޭޓްލެޓް- ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީ ތައާރަފުކޮށްފި އެވެ.
މިއީ ހިދުމަތް ލިބޭ ފަރާތުގެ އަމިއްލަ ލޭ ބޭނުންކޮށްގެން ދެވޭ ޒަމާނީ ފަރުވާއެކެވެ.
މި ފަރުވާ އަކީ އަމިއްލަ ލޭގެ ބާވަތްތައް ބޭނުންކޮށްގެން ދެވޭ ފަރުވާއެކެވެ. މި ފަރުވާގައި ހިދުމަތް ލިބޭ ފަރާތުގެ ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު އަދަދު އިތުރުވެ އެވެ. މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ މީހާ އާލާވުމަށް އެހީތެރިވެދޭ މާއްދާތަކުން މުއްސަނދިވެފައިވާ ބައެކެވެ. މި މާއްދާތަކުގެ ސަބަބުން ސެލްތައް މަރާމާތުވެ، ކޮލަޖެން އުފެއްދުމާއި ޓިޝޫތައް އަލުން އުފެދުމަށް މަގުފަހިވެގެންދެ އެވެ.
މި ޒަމާނީ ހިދުމަތުގެ ތެރޭގައި ހިމެނެނީ:
- އިސްތަށި ފެޅުމަށް ދެވޭ ޕީއާރުޕީ - މިއީ އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ، އިސްތަށިގަނޑު ބޯކޮށްދޭ ފަރުވާއެއް.
- ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދެވޭ ޕީއާރުޕީ - މިއީ ހަށިގަނޑުގައި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނުތައް ފިލުވައިދީ، ސިއްހަތު ރަނގަޅު ހަންގަނޑެއް ހޯދައިދިނުމަށް ދެވޭ ފަރުވާއެއް.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޑާމައެސްތެޓިކް ހިދުމަތްތަކަށް ޕީއާރުޕީ ތައާރަފުކުރުމުގެ ކުރިން ވެސް، އެ ހޮސްޕިޓަލުން އަންނަނީ ހުޅުހުޅުގެ ބަލިތަކަށް ޕީއާރުޕީ އިންޖެކްޝަންގެ ފަރުވާ ދެމުން ކަމަށެވެ. މިއީ ހުޅުހުޅުގެ ބަލިތައް ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދީ، ދުޅަވުން ކުޑަކޮށްދީ، ހުޅުހުޅުގެ މަސައްކަތް ހަރުދަނާކުރުމަށް ދެވޭ ފަރުވާއެކެވެ. މީގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް، ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތައް ހިމެނެ އެވެ. މި ޚިދުމަތް ތައާރަފުކުރުމަކީ ބަލި މީހުންނަށް އިސްކަންދީގެން، އައު އަދި ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ފަރުވާތަކުގެ ޚިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ހާލު ދެރަވި އުމްރާވެރިޔާ މާލެ ގެނެސްފި
ބުރަކޮށް އުޅެން ޖެހުނަސް ސިއްހަތަށް އިހުމާލު ނުވާތި!
