ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕާޓްނާ މެގަޗިޕްއާ ގުޅިގެން ދޭ އޭލިއަންވެއާ ގޭމިން ބަންޑްލްގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވިގެން މި އަގުހުރި އިނާމު ހާސިލުކޮށްފައިވާ ނަސީބުވެރި ފަރާތަކީ ހަސަން އާލިފް އަބްދުލް ގަނީއެވެ.

ގޭމް ކުޅުންތެރިންނަށް ހާއްސަ މި އަގުހުރި އޭލިއަންވެއާ ބަންޑްލްގެ ތެރޭގައި އޭލިއަންވެއަރ 34 އިންޗީގެ ގޭމިންގ މޮނިޓަރެއް، އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓެއް، އަދި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް ވަނީ ހިމަނައިފަ އެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.