މިއަދު މި ގެނެސްދެނީ ދިވެހިންނަށް ވަރަށް ކަމުދާނެ ޑިޝް އެކެވެ. ރޯދަ ވީއްލުމަށާއި ހާރުދަމަށް މި ޑިޝް ތައްޔާރުކޮށްލުން ކިހިނެއް ވާނެ ތޯއެވެ؟

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 500 ގ ކަނޑުމަސް ( ކިއުބުކޮށް ކޮށާފައި )
  • 3 ސަމުސާ ޝާން ބިރިޔާނި މަސާލާ
  • 3 ފިޔާ ( ތުނިކޮށް ކޮށާފައި )
  • 4 ލޮނުމެދު ( ތުނިކޮށް ކޮށާފައި )
  • 1 ގިތެޔޮމިރުސް (ނުވަތަ ބޭނުންވަރަކަށް )
  • ހިކަނދިފަތް
  • ރާބާފަތް
  • 3 މޭޒުމަތީ ސަމުސާ ހިކިމޭބިސްކަދުރު
  • 3 މޭޒުމަތީ ސަމުސާ ކަޖޫނަޓްސް
  • 5 ކަރަންފޫ
  • ކޮރިއަންޑާ ފަތްކޮޅެއް
  • ލޮނު
  • މުގުރި އަސޭމިރުސް
  • ކުޑަ އޯބަތްކޮޅެއް
  • ތެޔޮ
  • ފޮނިތޮށި
  • ކާފޫރުތޮޅި

ހަދާނެ ގޮތް:

  1. ތާހެއްގައި ތެޔޮހޫނުކޮށް މަސް ، ކެޖޫނަޓް ، މޭބިސްކަދުރު އަދި ދެބައިކުޅަ އެއްބައި ފިޔާ ތެލުލާށެވެ.
  2. ހަނޑޫ ކޮޅު ދޮވުމަށްފަހު ބަތްކައްކާގޮތަށް ހަނޑޫކޮޅު ހިންދާލާށެވެ. ކައްކާއިރު ފޮނިތޮށި ކޮޅާއި ކާފޫރުތޮޅި އަދި ކަރަންފޫ އަޅާލާށެވެ. ބަތްއެތި ޗަސްވިޔަނުދިނުމަށް ސަމާލުކަން ދޭށެވެ. ރަނގަޅަށް މަޑުވުމުން ފެންކޮޅު ހުސްކޮށްލާށެވެ.
  3. އެހެންތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު ބާކީ ހުރި ފިޔާ ، ހިކަނދިފަތް ، ރާބާފަތް ކޮރިއަންޑާފަތް ، މިރުސް ، ލޮނުމެދު ، އޯބަތްކޮޅު އަޅާ ފިޔާކޮޅު ރަތްކޮށްލާށެވެ،
  4. ފިޔާކޮޅު ރަތްޅުމުން ބިރިޔާނި މަސާލާ އެއްކޮށް ހާކާލާށެވެ. އަދި ލޮނާއި މުގުރި މިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ. މާހިކިނަމަ ފެންފޮދެއް އަޅާލާށެވެ. އަދި އެއަށްފަހު 3 މިނެޓް ވަންދެން ރަނގަޅަށް ކައްކާލާށެވެ.
  5. ސޯސްގަނޑު ރަނގަޅަށް ރޯފިލުމުން ކުރިން ތެލުލި މަހާއި ، މޭބިސްކަދުރާއި ، ކަޖޫނަޓް އަދި ފިޔާކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އިތުރު 2 މިނެޓް ވަންދެން ކައްކާލާށެވެ.
  6. އެއަށްފަހު ކެއްކި ބަތްކޮޅު އަޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މިހާހިސާބުން އަހަރެމެންގެ މަސްބިރިޔާނި ހަދާ ނިމުނީ އެވެ. ބޭނުންނަމަ ކެއްކި ކުކުޅު ބިހާ އެކުގައި ސުފުރާމައްޗަށް އިންސާފު ކުރެވިދާނެ އެވެ.