ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭ.އައި ހެކަތޯން އިއުލާނުކޮށްފި އެވެ.
މިއީ، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭ.އައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ހެކަތޯންއެކެވެ.
މި ހެކަތޯންގެ ޒަރިއްޔާއިން ޒުވާން އުފެއްދުންތެރިންތަކެއް އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭގައި އެ ފަރާތްތަކުގެ އުފެއްދުންތެރި ހިޔާލުތައް ޖެނެރޭޓިވް އޭ.އައި ޓޫލްސް އަދި ޕްލެޓްފޯމްތަކުގެ އެހީގައި ހަގީގީ އުފެއްދުންތަކަށް މަދު ވަގުތެއްގެ ތެރޭގައި ބަދަލުކުރުމަށް އެހީތެރިވެދޭނެ އެވެ.
މީގެ އިތުރުން، ޕްރޮޑަކްޓްތައް އުފެއްދުމުގެ ހުރިހާ މަރުހަލާއަކުން ފެށިގެން ޕްރޮޑަކްޓް ތައާރަފްކުރުމާ ހަމައަށް އޭ.އައިގެ ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެ ފާރަތްތަކުގެ އެހީއާއި އެއްބާރުލުން ލިބިގެންދާނެ އެވެ.
އެހެން ހެކަތޯންތަކާއި ހިލާފަށް، ޖެން.އޭ.އައި ހެކްގައި ބޭނުންކުރާނީ އޯޕަން ކެޓެގަރީ ފޯމެޓެކެވެ. އަދި، މި ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ހާއްސަކޮށްގެން މުޅިން އަލަށް އުފައްދާ ޕްރޮޑަކްޓްތަކެވެ. ދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ މި ހެކަތޯންގެ ކޯ-ޕަރޓްނަރަކީ ސިނެޓެކްސް އެވެ.
"ނޯ ޝިޕިންގ، ނޯ ޕިޗިންގ" ޕްރިންސިޕަލްގެ ދަށުން ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕިޗުގެ ކުރިން އެ ޓީމުތަކުން ހަދާ ޕްރޮޑަކްޓް އާންމުންނަށް ތައާރަފްކުރަންޖެހެއެވެ. އެހެންކަމުން، ސްލައިޑް ޑެކް ނުވަތަ ކޮންސެޕްޓުއަލް ޑެމޯގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުލް ފަންކްޝަނަލް ޕްރޮޑަކްޓްތަކެވެ.
"ޖެނެރޭޓިވް އޭ.އައި ހަލުއިކަމާއެކު ތަރައްގީވަމުން އަންނަ ޒަމާނެއްގައި، މި ވަސީލަތްތައް ބޭނުންކުރުމަށް ވީހާވެސް ގިނަ ބަޔަކު އަހުލުވެރިކުރުވުމަކީ ވަރަށް މުހިންމުކަމެއް. އެހެންކަމުން، މި ހެކަތޯނަށް އެއްބާރުލުން ދިނުމަކީ ދިވެހި އުފެއްދުންތެރިންނަށް އޭ.އައިގެ އެހީގައި ހައްލުތައް ހޯދައި، ތަކެތި އުފެއްދުމަށާއި، އެ އުފެއްދުންތައް ތަޖުރިބާކޮށް، ތައާރަފްކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް"، ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން ވިދާޅުވި އެވެ.
"ދުނިޔޭގެ ފެންވަރުގައި ވެސް އައު ވިޔަފާރިވެރިން ދަނީ އޭ.އައި ބޭނުންކޮށްގެން ހުނަރުގެ ފަރަގު ކުޑަކޮށް، އޭ.އައިގެ އެހީގައި ހަލުއިކަމާއެކު ޕްރޮޑަކްޓްތައް އުފައްދަމުން. އެހެންކަމުން، އާންމު ހެކަތޯންތަކާ ތަފާތުކޮށް ކުރިއަށްގެންދާ ޖެން.އޭ.އައި ހެކްގެ އަމާޒަކީ ހަމައެކަނި ކޮންސެޕްޓްތަކެއް ހުށަހެޅުމުގެ ބަދަލުގައި، އަސްލު ޕްރޮޑަކްޓްތަކެއް އުފައްދައި، އެ ތަކެތި ތައާރަފްކުރުމަށް އެހީތެރިވުން"، ސްޕާކްހަބްގެ ސީއީއޯ އަދި ކޯ-ފައުންޑަރ، ހުސައިން ޖިނާން ވިދާޅުވި އެވެ.
ޖެން.އޭއަ.އި ހެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އިން 8 ފެބުރުވަރީ 2026 އަށެވެ. އަދި މި ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 3 – 5 މެމްބަރުންގެ ޓީމްތަކަށް ހުޅުވައިލައިފައެވެ. މި ފުރުސަތު، އެންމެ ފުރަތަމަ ރަޖިސްޓަރީކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ކަފަ ބުރުން ކަންފަތް ސާފު ނުކުރާތި!
ހެނދުނު ހޭލާއިރު އަނގައިން ނުބައިވަސް ދުވާތަ؟
މޮރޮކޯއިން ސެނެގޯލް އާ މެދު ކަންކުރާގޮތުން ކަންބޮޑުވުން
