ސަރުކާރުން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު އަންނަ މަހު ބާއްވަން ހަމަޖައްސައިފި އެވެ.

ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ މި އެވޯޑް ބާއްވަން ނިންމާފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 15 ގައި ޒުވާނުންގެ މަރުކަޒު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަހަރުގެ އެވޯޑް ހަފްލާގައި 11 ދާއިރާއަކުން ނަން ހުށަހެޅުމަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ދާއިރާތަކަކީ:

ސްޕޯޓްސްމަން/ ސްޕޯޓްސްމުވަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)

ޕެރާ ސްޕޯޓްސްމަން/ ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)

ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔާ އެވޯޑް

މީޑިއާ އޮފް ދަ އިޔާ އެވޯޑް (އޮންލައިން އަދި ބްރޯޑްކާސްޓިންގ)

ސްޕޯޓްސް މެޑިކް އޮފް ދަ އިޔާ އެވޯޑް

ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)

ކޯޗް އޮފް ދަ އިޔާ އެވޯޑް ( އަންހެން/ ފިރިހެން)

ޔަންގް ސްޕޯޓްސްމަން/ ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)

ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔާ އެވޯޑް

ޕެރާ ސްޕޯޓްސްމަން/ ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް އޮލިމްޕިކް/ ނޮން އޮލިމްޕިކް (އަންހެން/ ފިރިހެން)

ސްޕޯޓްސްމަން/ ސްޕޯޓްސްމުވަން އޮފް ދަ އިޔާ އެވޯޑް އޮލިމްޕިކް/ ނޮން އޮލިމްޕިކް (އަންހެން/ ފިރިހެން)

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހިދުމަތްކޮށްދެއްވާފައިވާ އަދި ހިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވަމުން އަންނަ އެންމެ ހާއްސަ އެވޯޑެވެ.