ރައީސް މުހައްމަދު މުއިއްޒު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަބްދުލްމަޖީދު އިބްރާހީމް ވަކިކުރައްވައިފި އެވެ.
އަބްދުލްމަޖީދަކީ ހޯމް މިނިސްޓްރީގެ ފޮރިން ލޭބާ ސެކްޝަނުގެ އެންމެ އިސްވެރިޔާ އެވެ.
ކުއްލިގޮތަކަށް އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ރާއްޖެއަށް ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭ ކަންކަމުގައި މަޖީދު އިސްވެ ގަވާއިދާ ހިލާފު ކަންތައްތަކެއް ހިންގާ ކަމުގެ ތުހުމަތު މީގެކުރިން ކުރެވިފައިވެ އެވެ.
އޭނާ އަކީ މީގެކުރިން އެމްއެންޑީއެފްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި
1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާއަށް
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ
