މާލެ-ހުޅުމާލެ ހައިވޭގެ މަސައްކަތް މިރޭ ކުރިއަށްދާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މަގުތަކަކީ އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހައިވޭގެ ޓްރެފިކް ލައިންތައް އާކުރުމުގެ މަސައްކަތް މިރެއިން ފެށިގެން އެ މަސައްކަތް ނިމެންދެން އެޗްޑީސީން ކުރާނެ ކަމަށެވެ.
އެޗްޑީސީން އެ މަސައްކަތް ކުރިއަށް ގެންދާނީ ކޮންމެ ރެއަކު 12:00 އިން ހެނދުނު 6:00 އަށް ކަމަށް ފުލުހުން ބުންޏެވެ.
"ވީމާ، މި މަސައްކަތް ކުރިއަށް ދާއިރު، ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ބަލަހައްޓައި މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެޗްޑީސީއާ އެވެ.
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
ހައުސިން މިނިސްޓްރީން އައްޑޫގައި ޕްރޮޖެކްޓް އޮފީހެއް ހަދަނީ
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
