ހިޔާ ޓަވަރު ފަހެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ޓަވަރުގެ މައި ފާހާނާ ހޮޅިއަށް ގެއްލުންވެ، ބައެއް އެޕާޓްމެންޓުތަކުގެ ފާހާނާ ބޭނުންނުކުރެވޭ ގޮތް ވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އެ ޓަވަރުގެ ވައިގޮޅިއެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ ކަޅު ދުމުގެ އަސަރު ހުރުމުން ދެ އެޕާޓްމެންޓެއްގެ މީހުން ހުސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގައި އަޅާފައިވާ މައި ފާހާނާ ހޮޅިއަށް ގެއްލުންލިބި، ބައެއް އެޕާޓްމެންޓްތަކުގެ ފާހާނާ މިހާރު ބޭނުންނުކުރެވޭ ކަމަށެވެ.
"ފުލުހުންނާއި ސިފައިންގެ އިތުރުން އެޗްޑީސީ އާއި އެމްޑަބްލިޔުއެސްސީ ގުޅިގެން ދަނީ ލިބުނު ގެއްލުންތައް ދެނެގަނެ އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުން،" ހިސާން ވިދާޅުވި އެވެ.
އެ ހާދިސާގައި އެއްވެސް އެޕާޓްމަންޓަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ނުވެ އެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ސަރުކާރަށް ޖޯކު ޖަހައި ކުޅުދުއްފުށި ޕެރޭޑް މިފަހަރު ވެސް ތަފާތު
