މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ޗާޕްކޮށްގެން ގެނެސްފި އެވެ.
އެމްއެމްއޭ އިން ބުނީ 100ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުން މިއަދު އާ ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ގެނައީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.
ސްޓޮކް މަދުވުމުން ދޭތެރެ ދޭތެރެއިން ބޭރުން ޗާޕްކޮށްގެން ނޫޓު ގެނައުމަކީ އަބަދުވެސް ކުރާ ކަމެކެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ދެ ޕިކަޕެއްގައި ފައިސާ ޕެލެޓްތަކެއް އެމްއެމްއޭއަށް ގެންދާ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ. އެންމެފަހުން ސްޓޮކް މަދުވެގެން 100ރ. ގެ ނޫޓު އެމްއެމްއޭއަށް ގެނައީ މިދިޔަ އަހަރު އެވެ.
މިހާރު ބޭނުންކުރާ ނޫޓުތައް ތައާރަފްކުރީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށެވެ.
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބޭނުންވާވަރަށް ފައިސާ އެބަހުރި
