ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓް އަނެއްކާވެސް އެމްއެންޑީއެފް އިން އަތުލައިގެންފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ، އެ ދެ ބޯޓު ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި އިއްޔެ މެންދުރު 2:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދެ ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަސްތެރޭ ގަވާއިދާ ޚިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ލަންކާގެ މަސް ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު
ދިރާގު ގޭމާސް ގިލްޑް ސީސަން 2 ލޯންޗްކޮށްފި
އަސްކަރީ މަނަވަރުތައް އީރާނު ވަށާލައިގެން ބިރެއް ނުދެއްކޭނެ
