ލުނބޯއަކީ ގިނަ ބޭނުން ތަކަކަށް އަހަރުމެން ބޭނުން ކޮށް އުޅޭ އެއްޗެކެވެ. އެންމެ ފަހުން ހެދި ދިރާސާއިން ދައްކާ ގޮތުގައި ލުނބޯއަކީ ބަނޑުގެ އެތައް ބައްޔަކަށް ވެސް ހުރި ފަރުވާއެކެވެ.
އެގޮތުން ކޮންމެ ހަފުތާއަކުވެސް މަދުވެގެން 3 ދުވަހު ލުނބޯ ބޭނުންކުރާނަމަ ބަނޑުގެ ކެންސަރު ޖެހުމުން 23 އިންސައްތަ ދަށްކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ލުނބޯގައި ހުންނަ އެސިޑިކް މާއްދާތަކެއްގެ ސަބަބުން ބަނޑުގައި އުފެދޭ ކެންސަރަށް މަގުފަހިވާ އިންފެކްޝަންތަކާއި އެހެނިހެން މާއްދާތައް ނެތިކޮށްލަ އެވެ.
މީގެ އިތުރުންވެސް ލުނބޯ ތޮށީގައި އެކުލެވޭ މާއްދާތަކުން ބަނޑުގައި އުފައްދާ އަރިދަފުސްގެ ސަބަބުންވެސް ކެންސަރުން ދުރުކޮށްދޭކަމަށްވެސް މި ދިރާސާއިން ދައްކަ އެވެ.
ކެއުމުގައިވެސް ލުނބޯ ބޭނުންކުރެވިދާނެ އެވެ. އެގޮތުން ކޮންމެ ވަގުތެއްގެ ކެއުމުގައި ލުނބޯ ކޮޅެއް ފިތާލެވިދާނެ އެވެ. އަދި ސައިބޯއިރު ނުވަތަ ހެނދުނު ހުސް ގޮހޮރާ ހުރެ ލުނބޯ ފެންތައްޓެއްވެސް ބޯލެވިދާނެއެވެ. ނުވަތަ ނިދުމުގެ ކުރިންވެސް ލުނބޯ ސައި ނުވަތަ ފެންތައްޓެއް ބޯލެވިދާނެއެވެ.
މިކަމުން ތިބާގެ އާއްމު ސިއްހަތު ރަނގަޅުވެ ކުދި ކުދި ބަލިތަކުން ދުރުވެ އެވެ.
ގައިންގަޔަށް ނާރާ ބަލިތަކަށް ދުންފަތް މަގުފަހިކޮށްދޭ: ނާޒިމް
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި