ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް އޭނާ ކޮށްފައިވާ މަސައްކަތުގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ.
ގިނަ އަހަރުތަކެއް ވަންދެން ހޮލީވުޑްގައި ހަރަކާތްތެރިވުމަށްފަހު އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާއަށް އަންނަން ޕްރިޔަންކާ ތައްޔާރު ވަމުން އަންނައިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ ތެލުގޫ ފިލްމެއް ކަމަށްވާ "ވަނާރަސީ" އެވެ.
މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން ކުރިއަށްދާއިރު އެ ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ޕްރިޔަންކާ ގެންގުޅޭ އުކުޅުތައް ވަރަށް ތަފާތު ކަމަށް އޭނާ ބުންޏެވެ.
އެގޮތުން ތެލުގޫއަކީ އޭނާއަށް އެނގޭ ބަހަކަށް ނުވާއިރު ފިލްމުގައި އޭނާ ކިޔަން ޖެހޭ ޑައިލޮގުތައް ދަސްކުރަނީ އިނގިރޭސި އަކުރުން ލިޔުމަށްފަހު ހިތުދަސްކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް އަހަރެން ކިޔާ އެއްވެސް އެއްޗެއް ނުއެއް އެނގޭ. މިހާރު ފޮނެޓިކް ކޮށް ލިޔެގެން ހިތު ދަސްކުރަނީ" ޕްރިޔަންކާ ބުނެފައިވެ އެވެ.
ޕްރިޔަންކާ ބުނީ ބަހެއް ނޭނގި އެ ބަހަކުން ފިލްމެއް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެއީ އޭނާއަށް ކުރިމަތިވި ބޮޑު "ޗެލެންޖެއް" ކަމަށެވެ.
އޭގެ އިތުރުން ތެލުގޫއަކީ އާއްމުކޮށް ވެސް ދަސްކުރަން އުނދަގޫ ބަހަކަށް ވާތީ އޭނާއަށް ކުރިމަތިވި އުނދަގޫތައް ދެގުނަވި ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.
ޕްރިޔަންކާ ވަނީ އެ ފިލްމުގެ މަސައްކަތުގައި އޭނާއަށް ޑައިރެކްޓަރު އެސް އެސް ރާޖަމޯލީގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި
މި މަހު މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހަދަނީ
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި