އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އާއިލާގެ މެދުގައި ހިނގާ އާއިލީ ކޯޅުމުގެ ތެރެއިން އޭނާގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމް މުހިއްމު ނިންމުމެއް ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބްރޫކްލިންގެ އެންމެ ފަހުގެ ފެނިލުމުގައި އޭނާގެ ފަރާތުން ތަފާތުކަމެއް ވަނީ ފެނިފަ އެވެ. އެގޮތުން އޭނާގެ އަތުގައި މީގެ ކުރިން ޖަހާފައިވާ އާއިލާ މެމްބަރުންގެ ޓެޓޫތައް ވަނީ ގެއްލިފަ އެވެ.
ބްރޫކްލިންގެ އަތުގެ އިނގިލިތަކުގައި މީގެ ކުރިން އޭނާގެ ތިން ކޮއްކޮގެ ނަން ޓެޓޫ ކުރެވިފައިވާއިރު އަތުގެ މުލައްދަނޑީގައި ބައްޕަ ޑޭވިޑްއަށް ހާއްސަކޮށް ވެސް ޓެޓޫއެއް ޖެހި އެވެ.
އެހެން ނަމަވެސް ބްރޫކްލިންގެ އެންމެ ފަހުގެ ފެނިލުމުގައި އެ ޓެޓޫތައް ފުހެވިފައިވާއިރު ލޭޒާ ބޭނުންކޮށްގެން އެ ޓެޓޫތައް ފޮހެލާފައިވާ ކަމަށް ބެލެވެ އެވެ.
މިއީ ބްރޫކްލިންއާއި އޭނާގެ މައިންބަފައިން އަދި އެއްބަނޑު އެއްބަފާ ތިންބެއިންގެ ގުޅުން ހީނަރުވެފައި އޮތް ވަރު ދައްކުވައިދޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ބްރޫކްލިން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި އޭނާގެ މައިންބަފައިންނަށް ގިނަ ތުހުމަތު ތަކެއް ކޮށްފައިވެ އެވެ.
އެގޮތުން އޭނާގެ މައިންބަފައިން ވަނީ އޭނާއާއި ނިކޮލާ ޕެންޓްޒްގެ ކައިވެނި ރޫޅާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި މައްސަލަތައް ހައްލުކޮށް ސުލްހަވާން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް ބުރޫކްލިން ބުނެފައިވެ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވާ ގޮތް ވަރަށް ތަފާތު
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި
"މޭ ހޫން ނާ 2"ގެ މަސައްކަތް ފަށަނީ