ތައިލެންޑުގައި ފާއިތުވި ތިން އަހަރު ތެރޭގައި ތިން ބޮޑުވަޒީރުން ބަދަލުވެ، ސަރުކާރުތައް ރޫޅުމާ ގުޅިގެން ބޭއްވި އަވަސް އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ.
މި އިންތިހާބަކީ ގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންވާ ރިފޯމިސްޓުންނާއި، މިހާރު އޮތް ނިޒާމު ދަމަހައްޓަން ބޭނުންވާ ކޮންޒަވޭޓިވް ބާރުތަކުގެ މެދުގައި ކުރިއަށްދާ ވަރުގަދަ ކުރިމަތިލުމެކެވެ.
ވާދަވެރި ދެ ފިކުރެއްގެ ކުރިމަތިލުންމި އިންތިޚާބުގައި އެންމެ ބޮޑަށް ވާދަކުރަނީ އިސްލާހީ ބަދަލުތަކަށް ވަކާލާތުކުރާ ޕީޕަލްސް ޕާޓީއާއި، މިހާރުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް އިސްކޮށް ހުންނަވާ ކޮންޒަވޭޓިވް ފިކުރުގެ ބޫމްޖައިތައި ޕާޓީ އެވެ.
ވޯޓުގެ 18 އިންސައްތަ ގުނާ ނިމުނުއިރު، ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އަނޫޓިންގެ ބޫމްޖައިތައި ޕާޓީ އުޅެނީ 178 ގޮނޑިއާއެކު ކުރީގައެވެ. ޕީޕަލްސް ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ 70 ގޮނޑިއެވެ.
އަނޫޓިންގެ ކެމްޕޭން ބިނާކޮށްފައިވަނީ ގައުމީ ލޯތްބާއި، ރަސްކަމާއި ސިފައިންގެ ބާރު ދެމެހެއްޓުމުގެ މައްޗަށެވެ. އަނެއްކޮޅުން ނައްތަފޮންގް ރޫންޕަންޔަވަތު އިސްކޮށް ހުންނަވާ ޕީޕަލްސް ޕާޓީން ވައުދުވަނީ ސިފައިންނާއި ބޮޑެތި ވިޔަފާރިތަކުގެ ބާރު ކުޑަކޮށް، ތައުލީމީ ނިޒާމާއި އިދާރީ އޮނިގަނޑު ޒަމާނީ ކުރުމަށެވެ.
ޝިނަވަތުރާ އާއިލާގެ ނުފޫޒު ކުޑަވުން މާޒީގައި ތައިލެންޑުގެ އިންތިޚާބުތައް ކާމިޔާބުކުރި ޝިނަވަތުރާ އާއިލާގެ ފިއު ތައި ޕާޓީއަށް މިފަހަރު ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. ކެމްޕޭނުގައި ފައިސާގެ އެހީއާއި އިނާޔަތްތަކުގެ ވައުދުތައް ވީ ނަމަވެސް، ކުރީގެ ސަރުކާރުން ކެމްބޯޑިއާއާއެކު އޮތް މައްސަލަ ބެލެހެއްޓި ގޮތުންނާއި، ތަކްސިން ޝިނަވަތުރާ ޖަލަށް ދާންޖެހުމުން އެ ޕާޓީއަށް އޮތް ތާއީދު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
އިގްތިސާދީ ކަންބޮޑުވުންތައްސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ތައިލެންޑުގެ އިގްތިސާދު ވަނީ މަޑުޖެހިފައެވެ. އާންމު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތަކެތީގެ އަގު އުފުލުމާއި ވަޒީފާގެ ފުރުސަތުތައް ގެއްލުމެވެ.
އިންތިޚާބުގެ ފުރިހަމަ ނަތީޖާ މިރޭގެ ވަގުތެއްގައި ސާފުވާނެ ކަމަށް ބެލެވޭއިރު، އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި އިންތިޚާބު ކާމިޔާބު ކުރި ނަމަވެސް، އަސްކަރިއްޔާއަށް ތާއީދުކުރާ ކޯޓުތަކާއި ސެނެޓުން އިސްލާހީ ބަދަލުތަކަށް ހުރަސްއެޅުމުގެ ބިރު އަދިވެސް އެބައޮތެވެ.
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
ޑަޔާނާގެ މަރާ ގުޅޭގޮތުން އާދަޔާ ހިލާފު ވާހަތަކެއް