ހަށިގަނޑުގައި ކުޅަދާނަކަން ހުރި ހާ ދުވަހަކު މަސައްކަތުގައި ދެމިހުންނާނެ ކަމަށް އުމުރުން 83 ވެފައިވާ ބޮލީވުޑްގެ ވެޓެރަން އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު އަމީތާބު އޭނާގެ ބްލޮގްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އެ އުމުރުގައި ވެސް މަސައްކަތުގައި އަވަދިނެތި އުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި 83 ވަނަ އުފަން ދުވަސް ފާހަގަކުރި އަމީތާބަކީ މިހާރު ވެސް ބޮލީވުޑްގެ ފިލްމުތަކުން ވަރަށް ގިނައިން ފެންނަ މޫނެކެވެ.
"މަސައްކަތުގައި އަވަދިނެތި އުޅެ ހުސް ވަގުތުތައް މަދުވުމަކީ އަހަންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމެއް" އަމީތާބު ބުނެފައިވެ އެވެ.
ފިލްމުތަކުގެ އިތުރުން އޭނާއަކީ ޓީވީ ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ތަރި އެކެވެ. އޭނާ ވަނީ ދާދި ފަހުން ކޯން ބަނޭގާ ކްރޯޑްޕަތީގެ 17 ވަނަ ސީޒަން ހުށައަޅައިދީފަ އެވެ.
70 އަދި 80ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އަމީތާބަކީ އެ ދާއިރާގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ސީނިއާ އެއް ތަރި އެވެ.
އަނބިމީހާގެ ތުހުމަތުތަކަށް ގޯވިންދާ ރައްދު ދީފި
އެކްސިޑެންޓަކާ ގުޅިގެން 115،000ރ ގެ ޖޫރިމަނާއެއް
ރޯގާގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ ކީއްވެ؟