އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ނިސްބަތްވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ ސެންޓްރަލް ސީ އިސްލާމް ދީން ގަބޫލުކުރިކަން އިއުލާން ކޮށްފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ލައިވް ސްޓްރީމްއެއްގައި އޭނާ ވަނީ އިސްލާމް ދީން ގަބޫލުކޮށް އޭނާގެ ނަން ވެސް ބަދަލު ކުރިކަން ހާމަވެފަ ކޮށްފަ އެވެ.

"އަހަރެން އިސްލާމް ދީން ގަބޫލުކޮށް ނަން ވެސް ބަދަލު ކޮށްފިން. އަހަންނަކީ މިހާރު މުސްލިމެއް" އޭނާ ބުންޏެވެ.

ސެންޓްރަލް ސީގެ އަސްލު އުފަން ނަމަކީ އޯކްލީ އެވެ. އެހެން ނަމަވެސް އިސްލާމް ވުމާއެކު އޭނާ ވަނީ އޭނާގެ ނަން އަގީލްއަށް ބަދަލު ކޮށްފަ އެވެ.

އަގީލްގެ މި ނިންމުމުގެ ފަހަތުގައި ވާ ސަބަބެއް އޭނާ ހާމަނުކުރި ނަމަވެސް އެ ނިންމުމާއެކު ގިނަ ބައެއްގެ ތަރުހީބު އޭނާއަށް ދަނީ ލިބެމުންނެވެ. އެއާއެކު އޭނާއަށް ސަޕޯޓުކުރާ މީހުން ވެސް އިސްލާމް ވަމުން އަންނަ ކަމަށް ބުނެވެ އެވެ.

އަގީލްގެ އަސްލު ނަން ބަދަލު ކުރި ނަމަވެސް އޭނާގެ މަސައްކަތުގައި ބޭނުންކުރާ ފަންނީ ނަން ބަދަލު ނުކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.