އަންނަ ރޯދަ މަހު، ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތައް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
އެ އޮފީހުން ބުނި، ގޮތުގައި، ރޯދަ މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ރަސްމީ ގަޑިއަކީ، ހެނދުނު 09:00 އިން 13:00އަށެވެ.
ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ، އެ ގަޑީގައި ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ވެސް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތައް ހުޅުވީ، އެ ގަޑިތަކުގަ އެވެ.
އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.
މީގެ އިތުރުން، ރައީސް މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެވެސް ރަމަޟާން މަހުގެ ފަހު ދިހައެއް ވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ވިހައެއް ދީގެން
ޖެކޮލިންއަށް ހަދިޔާއަކަށް ހެލިކޮޕްޓަރެއް ފޮނުވައިފި
ނޮޓިންހަމް ފޮރެސްޓުގެ ކުރީގެ ވެރިޔާ ފަވާޒް އަށް ވަޅިން ހަމަލަދީފި