ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި ހިތްގައިމު ރީތި މިސްކިތް މިއަދު ހުޅުއްވައިދެއްވައިފި އެވެ.

މަސްޖިދު "މުހައްމަދު ގާސިމް"ގެ ނަމުގައި ކުޑަފަރީ ބަނދަރު ސަރަހައްދުތަކުގައި ބިނާކުރި މިސްކިތް ހުޅުވައިދެއްވީ ވެސް ސިޔާމެވެ.

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި މިސްކިތް މަސްޖިދު "މުހައްމަދު ގާސިމް" ބޭރުން ފެންނަ ގޮތް. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެ މިސްކިތް ބިނާކޮށްފައި ވަނީ ސަގާފީ ފަންނުވެރިކަމުގެ ޑިޒައިނަށެވެ. މިސްކިތުގެ ފާރުތަކުން ފެންނަނީ، ކުރީގައި ހިރިގަލުގައި ހުންނަ ޑިޒައިންތަކެވެ. ގުއްބެއްގެ ބަދަލުގައި ހުރީ މުންނާރެކެވެ. މުންނާރުގެ އެތެރޭގައި ހުރީ ވުޟޫ ކުރެވޭ ގޮތަށެވެ. ލަކުޑީގެ ވަޑާމާއި ފުރާޅުން ވެސް ވެސް ހަމަ އިހުގެ ހުނަރުވެރިކަން ފެނެ އެވެ. މިސްކިތުގެ ހުރިހާ ޑިޒައިނެއް ވެސް ހުރީ އަތުން ކަނޑާ ނަގާފަ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ދިޔަ ބައެއް މީހުން ބުނީ މިހާރު އަޅާ މިސްކިތްތަކުން އާއްމުކޮށް ދިވެހިވަންތަކަމެއް ނުފެންނަ ކަމަށެވެ. އެހެންވެ މި މިސްކިތް، ހުރިހާ ގޮތަކުން ވެސް ތަފާތު ކަމަށް އެ މީހުން ބުނެ އެވެ.

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި މިސްކިތް މަސްޖިދު "މުހައްމަދު ގާސިމް"ގެ ބޭރު ފާރު އިހުގެ މުސްކުޅި ޑިޒައިނަކަށް ހަދާފައި. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސިޔާމް މިއަދު ވަނީ ނ. ކެނދިކުޅުދޫގައި ވެސް މިސްކިތެއް ހުޅުއްވައިދެއްވާފަ އެވެ. މީގެ ކުރިން އޭނާ ވަނީ ކުޑަފަރީގައި، މަންމަގެ ހަނދާނުގައި ވެސް މިސްކިތެއް އަޅުއްވާފަ އެވެ.