އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕަވާ ހައުސް ޑައުންވެގެން ކަމަށެވެ.
ނަމަވެސް މައްސަލަ ހައްލުކޮށް ޕަވާ ހައުސް މިހާރު ލައިވް ކުރެވިފައިވާއިރު، ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އައްޑޫއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކުންފުނިން ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ދޭތެރެއަކުން ޖެހެ އެވެ. އެގޮތުން މިދިޔަ ރޯދަ މަހުވެސް ވަރަށް ގިނައިން ކަރަންޓުގެ ހިދުމަތް ކެނޑުނެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނާއި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، މިހާތަނަށް އެދެވޭ ހައްލެއް ނުލިބުމުގެ ޝަކުވާ އެ ރަށްތަކުގެ ގިނަ ބަޔަކު އަބަދުވެސް ކުރެ އެވެ.
ފެނުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން މަޝްރޫއެއް އިއުލާންކުރި ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ.
ދެކުނު ކޮރެއާގެ ކުރީގެ ރައީސް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރެޑް އެލާޓުގައި!
ރައްކާތެރިކަމުގެ އަމުރާ ހިލާފުވި މިންވަރު އަންނަނީ އިތުރުވަމުން
މިފަހަރު ދޭން ޖެހޭނީ 400 ރުފިޔާ ކޮސް ނުހަދާ
ރިޕްލައި