ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ރީ- ރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަލުން ރަޖިސްޓްރީވާން ހުށަހަޅަން ޖެހެނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އެގޮތުން ރީރަޖިސްޓާ ވުމަށް ހުޅުވާލާފައިވަނީ ފެބްރުއަރީ 18-22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ވޯޓުލާން ޖެހޭ މަރުކަޒު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ބެލޭނެ އެވެ.
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުގަ އެވެ.
ސަރުކާރުން މިގޮތަށް ނިންމަން ބޭނުންވި ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ ދެ އިންތިހާބު އެއްކޮށްލުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ. އެ ގޮތުން ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ.
ޝެއިޙު ފަރީފުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި