މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް އަލީ،30 އެވެ.
ފުލުހުން ބުނީ އާއިލާގެ މީހުންނަށް އޭނާ އެންމެ ފަހުން ފެނުނީ މި މަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދުވަހު ގެއިން ނުކުތްގޮތަށް ފެނިފައިނުވާތީ އައިލާއިން މައްސަލަ ފުލުހުންނަށް ހުށަހެޅީއެވެ.
މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު އޭނާ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައެވެ.
ހާޒިރުވިއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހު ޑިޕާޗާ ޓެކުހާއި އޭޑީއެފް %58.6 އިތުރު
"މުއިއްޒަށް ވެރިކަން ދިނީ ގައުމަށް ހިތުހުރިގޮތެއް ހަދާކަށް ނޫން"
ރޯދައަށް ހުރެ ގިނައިން ނިދުމުން ގެއްލުންވޭ؟
