"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.

އެގޮތުން މި ސުވާލަކީ ވަރަށް ގިނަ ކަނބަލުންގެ ހިތްތަކުގައި އުފެދޭ ސުވާލެއްކަން ޔަގީނެވެ. އެއީ ރޯދަ ވީއްލަން ކެއްކުމުގައި ކާތަކެތީގެ ރަހަ ހެޔޮވަރު ކުރުމުގެ ބޭނުމުގަ އެވެ.

ސުވާލު: ރޯދައަށްހުރެ ކައްކާއިރު ކާތަކެތީގެ ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟

ޖަވާބު: ރޯދައަށް ހުންނަ ވަގުތު ކައްކާއިރު ލޮނު ރަހައާއި ކުޅިރަހަ ފަދަ ރަހަތައް ހެޔޮވަރު ކުރުމަށްޓަކައި ދުލުކުރިން ކާތަކެތީގެ ރަހަ ބެލުމަކުން ރޯދަވެރިޔާގެ ރޯދައެއް ނުގެއްލޭނެ އެވެ. މިއީ ހުއްދަ ވެގެންވާ ކަމެކެވެ.

https://youtu.be/0QTJ3QORFes

އެހެން ނަމަވެސް ރަހަ ބަލާއިރު ކާއެތިކޮޅެއް ކަރުން އެތެރެއަށް ދިރުވާލައިފިނަމަ އެ ހިސާބުން ރޯދަވެރިޔާގެ ރޯދަ ގެއްލުނީ އެވެ. މިކަމުގައި ވެސް އޮޅިގެން ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ދިރުވުން އިސްތިސްނާ ވެގެންވެ އެވެ.

ޖަވާބު ދެއްވީ: ޝެއިޚް އައްސީމް އަލް ޙަކީމް