ފުވައްމުލަކު ފުނާޑު އަވަށު ބަންޑާރަ ކިޅީގައި ބޯޑްވޯކް ރެއިލިންތައް ހަލާކުކޮށް، ގެއްލުން ދީފި އެވެ.
އެތަނަށް އިއްޔެ ގެއްލުން ދީފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ސިޓީ ކައުންސިލުން ބުނީ ބަންޑާރަ ކިޅި ބޯޑްވޯކް ރެއިލިންތައް ހަލާކުކޮށް، ރެއިލިންތަކުގެ ބައިތައް ޗަސްބިން ތެރެއަށް އުކާލާފައިވާ ކަމަށެވެ.
"މިތަނަށް މިހެން ތަކުރާރުކޮށް ގެއްލުން ދިނުމަކީ ވަރަށްވެސް ހިތާމަވެރި ކަމެއް،" ސިޓީ ކައުންސިލުން ބުންޏެވެ.
ބޯޑްވޯކްއަކީ މިރަށަށް ޒިޔާރަތްކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރު މީހުންގެ މެދުގައި މަގުބޫލު، ރަށުގެ އެއް ފަހުރު ކަމުގައި ވާހިނދު، މިކަންތައް މިހެން ނުކުރުމަށް އިލްތިމާސް ކުރަން."
ފުވައްމުލަކުގެ ދެކުނުކޮޅުން މިސްކިތްމަގު އަވަށާއި ދޫޑިގަން އަވަށާއި މާލެގަން އަވަށުގެ މެދުގައި ވާ ބަންޑާރަ ކިޅި އަދި އެ ކިޅިޔާ ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ސަރަހައްދެކެވެ.
މިދިޔަ އަހަރު ނޮވެމްބަރުގައި ބަންޑާރަ ކިޅީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑު ސަރަހައްދެއް ވަނީ އަނދާފަ އެވެ. އެ ކިޅިއަކީ ޖޫން 18، 2012 ގައި ސަރުކާރުން ހިމާޔަތްކޮށްފައިވާ ތަނެކެވެ.
ތަކުރާރުކޮށް ބަންޑާރަ ކިޅިއަށް ގެއްލުންދޭއިރު ވެސް މިހާތަނަށް އެފަދަ ބަޔަކު ހޯދައި އެއްވެސް ފިޔަވަޅެއް އެޅިފައެއްނުވެ އެވެ.

ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ
ރޯދަ ވީއްލާއިރު ކެއުން ގެންގުޅެން ޖެހޭނީ ކިހިނެއް؟
އެމްބިއުލާންސަށް ޖާގަ ނުދިން މީހާގެ ލައިސަންސް ހިފަހައްޓައިފި
