މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 464،819ރ. ރިކަވާކޮށްފައިވާ ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ހެންވޭރާއި ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަނުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް މިއަދު އާންމުކުރިއިރު، އެ ހިސާބުތަކުގައިވާ ގޮތުން ގަލޮޅު ޕޮލިހުން އެކި މައްސަލަތަކުގައި ގެއްލުނު 365،099ރ. ރިކަވާކޮށްފައިވާ އިރު، ހެންވޭރު ޕޮލިހުން ވަނީ 65،000ރ. ރިކަވާކޮށްފައި އެވެ.
މާފަންނު ޕޮލިހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 138،552ރ. ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 34،720ރ. އަނބުރާ ހޯދައިދީފައިވެ އެވެ.
މީގެ އިތުރުން މާފަންނު ޕޮލިހުން މަގުމަތިން 256 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، 777 ލޮކޭޝަނެއް ވަނީ ބަލާ ފާސްކޮށްފަ އެވެ. އެގޮތުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އެ ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ހެންވޭރު ޕޮލިހުން 146 މީހަކު މަގުމަތިން ހުއްޓުވައި 752 ލޮކޭޝަނެއް ބަލައި ފާސްކޮށްފައިވާއިރު، އެކަކު ހައްޔަރުކޮށްފައިވެ އެވެ.
ގަލޮޅު ޕޮލިހުން މަގުމަތިން 151 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށާއި 738 ލޮކޭޝަނެއް ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ގަލޮޅު ޕޮލިހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ޓްރަމްޕްގެ ގެއަށް ވަންނަން އުޅުނު ހަތިޔާރު އެޅި މީހަކު މަރާލައިފި
ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ
ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް