އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަނީ އެންމެ ނުވަ ކެންޑިޑޭޓުން ކަމަށް، އެ ޕާޓީން ބުނެފި އެވެ.
މިވަގުތު ޑިމޮކްރެޓްސްގެ ޖުމުލަ މެމްބަރުންގެ އަދަދަކީ 2،952 އެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސްގެ ތެރެއިން ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.
ޑިމޮކްރެޓްސްގެ އޮފިޝަލަކު "ހުރިހާ" އަށް ވިދާޅުވީ އެ ޕާޓީން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމުލަ ނުވަ ކެންޑިޑޭޓަކު ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކެންޑިޑޭޓުން ޑިމޮކްރެޓްސްއިން މިފަހަރު ވާދަކުރަނީ ރ. އަތޮޅާއި ޅ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅުގެ ގޮނޑިތަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނިމިދިޔަ ފެބްރުވަރީގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
އެ ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހިމެނޭހެން ޖުމުލަ 2،962 ކެންޑިޑޭޓެއް ވާދަކުރާނެ އެވެ. ނަމަވެސް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން، ވެރިކަންކުރާ ޕީއެންސީއަށް ވަނީ އިންތިޚާބަކާ ނުލައި 69 ގޮނޑި ކަށަވަރުވެފަ އެވެ.

އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
ސުވާލާއި ޖަވާބު: ކޮންމެ ދުވަހަކަށް ވަކިން ނިޔަތް ގަންނަން ޖެހޭތަ؟
ރޯދަ ހިފުމުގެ ތަޖުރިބާ ނޯރާ ކިޔައިދީީފި