ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރަކާއި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ދެ ކާރަކާއި ދެ ސައިކަލް ޖެހިގެން ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 12:00ގަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއްނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ ހާދިސާގައި ސައިކަލަށް ވެސް ވަނީ ގެއްލުންތަކެއް ވެފަ އެވެ.
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
ހައްޖު 2026: މައްކާގެ ހޫނުމިން 47 ޑިގްރީގައި!
ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތެއް ނެތް
