އައްޑޫ ފޭދޫ ކައިރީގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ފޭދޫ ބަނދަރު ބޭރުގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވި ވަގުތު، ދޯނީގައި ބަޔަކު ތިބިކަން މިހާތަނަށް ކަށަވަރުކުރެވިފައި ނުވެ އެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަދި ނުލިބެ އެވެ.
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
އީރާނުގެ އިންޓަނެޓް އިއާދަކުރަން އެންގި ރިޔާސީ އިދާރާ ސަސްޕެންޑް
