ތަރާވީޙް ގަޑީގައި ކޮލެޖުތަކުގެ ކްލާސްތައް ނުބާއްވަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.
ބައެއް ކޮލެޖުތަކުން އަންނަނީ މި ރޯދަމަސް ފެށުނީއްސުރެ ތަރާވީޙް ނަމާދު ކުރާ ގަޑި ގެއްލޭ ގޮތަށް ކްލާސްތައް ރާވަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ކޮލެޖުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެ ކަމާ ނުރުހުން ފާޅުކޮށް ހޯމަ ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑަރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ބައެއް ކޮލެޖްތަކުން ފަހު ދިހައިގައި ވެސް ތަރާވީޙް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީވެ، ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.
އަދި، މިނިސްޓަރު ވަނީ އެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީޙް ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ގެންދިއުން ވަރަށް މުހިންމު ކަމުގައި ދެކޭ ކަމަށް ވިދާޅުވެފަ އެވެ.
ގިނަ މިސްކިތްތަކުން ތަރާވީޙް ނަމާދުކޮށް ނިމެނީ 21:00 އަށެވެ. އެންމެ އަވަހަށް ކިޔަވާ މިސްކިތްތަކުގައި ވެސް ތަރާވީޙް ނަމާދުކޮށް ނިމެނީ 20:30 ހާއިރެވެ.
ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށްވާއިރު، ރޭ އަޅުކަންތައް އަދާކުރަން ދީނުގައި ބާރުއަޅަ އެވެ. އެ ކަންކަމަށް ވަގުތު ދޭން ސަރުކާރުން އަންނަނީ ރޯދަމަހުގެ ފަހު 10 ސަރުކާރު ވެސް ބަންދުކުރަމުންނެވެ. މި އަހަރު ވެސް ހޯމަ ދުވަހުން ފެށިގެން ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.
ތަރާވީޙް ގަޑީގައި ކޮލެޖު ކްލާސްތައް ނުބާއްވަން މިނިސްޓަރު އެދިވަޑައިގެންއިރު، ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތައް ވެސް ރޯދަމަހުގެ ފަހު 10 އަށް ވަނީ ބަންދުކޮށްފަ އެވެ.

އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މޮޖްތަބާ ޚާމަނާއީ
ކަރަންޓު މަސައްކަތް ހަވާލުކުރީ ގޮތް ނޭނގޭ ފޭކް ބަޔަކާ: ނިޒާރު
އީރާންގެ އާ ސްޕްރީމް ލީޑަރު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި