މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ކަމަށް ލަފާކުރެވޭ ދުވަސްވަރު ކަމަށާއި ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތި ކަމަށާއި ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރުގެ ފަރަގު ވެސް ކުޑަ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދު ހެނދުނު 11 ޖެހިއިރު މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައެވެ. އަސްލު ހޫނުމިން ހުރީ 31 ޑިގްރީގަ އެވެ. މެޓުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޤާއިމްކޮށްފައި ހުރި އެ އިދާރާގެ އޮފީސްތަކުން ނަގާ ފިނިހޫނުމިނުގެ ހިސާބުތައް ދުވާލަކު ތިން ފަހަރު އާންމުކުރަމުންނެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް އޭޕްރީލް މަހު އާންމު ގޮތެއްގައި ހުންނަ ވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން މި ހިނގާ މާޗު މަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މެޓުން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.

އެމްއެސްއެލް އިން މިސާލެއް: ސަރުކާރުން ތަކުރާރު ކުރާ ބޮޑު ގޯސް
ރޯދަ މަހު ކުޑަކަމުދާ ނިޒާމުގެ ބަލިތައް އިތުރުވޭ!
ހަމަލާތައް ހުއްޓާނުލާނަމަ ތެޔޮ ބޭރުކުރަން ހުއްދަ ނުދޭނަން: އީރާން