އީރާނުގެ އާ ސުޕްރީމް ލީޑަރު މޮޖްތަބާ ހާމަނައީއަށް ހަމަލާގައި ޒަހަމްތަކެއް ލިބިވަޑައިގެންނެވި ނަމަވެސް ރަސްމީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
އީރާނުގެ ދީނީ އިލްމުވެރިންގެ މަޖިލީހުން އާދީއްތަ ދުވަހު މޮޖްތަބާ ހާމަނައީ ސުޕްރީމް ލީޑަރުގެ މަޤާމަށް ހޮވި ފަހުން އީރާނުގެ ރައްޔިތުންނަށް އޭނާ ފެނިފައެއް ނުވެއެވެ. ޢާންމު ބަޔާނެއް ވެސް ނެރުއްވާފައެއް ނުވެއެވެ. އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި ޒަހަމްވެވަޑައިގެންފައި ވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މި ހަނގުރާމައިގެ ފުރަތަމަ ވައިގެ ހަމަލާތައް އަމާޒުކޮށްފައި އޮތީ އީރާނުގެ އިސް ލީޑާޝިޕް ނައްތައިލުމަށެވެ. ފެބްރުއަރީ 28 ގައި ދިން އެ ހަމަލާތަކުގައި ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ ވަނީ އަވަހާރަވެފަ އެވެ. އެ ހަމަލާތަކުގައި މޮޖްތަބާ ޚާމަނައީގެ މަންމާފުޅާއި ދައްތާފުޅާއި އަނބިކަނބަލުން ވެސް ވަނީ އަވަހާރަވެފަ އެވެ.
މޮޖްތަބާ ހާމަނައީ ވެސް ޒަހަމްވެ ވަޑައިގަތީ ފުރަތަމަ ދުވަހު އިޒްރޭލުން އެއާއިލާއަށް އަމާޒުކޮށް ދިން ހަމަލާގަ އެވެ. އޭގެ ހަފްތާއެއް ފަހުން އިޒްރޭލުން ވަނީ މޮޖްތަބާ ޒަހަމްވެވަޑައިގެންފައި ވާކަމަށް ބުނެފަ އެވެ.
ރޮއިޓާސްގެ މަސްދަރުތަކުން ބުނާ ގޮތުގައި، އާ ސުޕްރީމް ލީޑަރު މަޤާމަށް ގެނައީ ރިވޮލިއުޝަނަރީ ގާޑުންގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯއާ ގާތް ބޭފުޅެއްގެ ގޮތުގައި ބެލެވޭ މުޖުތަބާ ޚާމަނައީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބައްޕާފުޅުގެ އޮފީސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ދައުލަތް ހިންގެވުމުގައި ސީދާ ބައިވެރިވެވަޑައިގެންފަ އެވެ. އެކަމަކު އާންމު ތަގުރީރުތަކާއި ފެނިލުންތައް ވަރަށް މަދުވުމުން، އީރާނުގެ އާންމު ރައްޔިތުންގެ ތެރޭގައި އޭނާ މާ ބޮޑަށް މަޝްހޫރެއް ނޫނެވެ.

ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލެއް
މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރަނީ
ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ