ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް މިރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.
އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި އޭނާގެ އަތުގައި މޮބައިލް ފޯނެއް ނެތް ކަމަށް ކަމަށް ފުލުހުން ބުންޏެވެ.
މި ރިޕޯޓް ލިބުމާ އެކު، ކަމާ ބެހޭ ޑިޕާޓްމަންޓްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ގަވައިދާ ހިލާފަށް ރުއްގަސް ކެންޑުމުން 550،000 ގެ ޖޫރިމަނާއެއް
"ކަނޑުމަހުން ޓެރިފް ކެނޑީ، އެތެރެކުރާ ހުރިހާ ގައުމަކުން"
މަހުދީގެ މަރު: ޑިފެންސް މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި
